ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމުން ޓޫރިސްޓުންނަށް ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތް ކުރަނީ
މިހާރު
24 ޖޫން 2025 | އަންގާރަ | 8:37
ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ރޭ ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ސަރަހައްދުގެ ވައިގެ ސަރަހައްދަށް ބުރޫއަރާފައިވާއިރު، ރާއްޖޭގައި ތިބި އަދި އަންނަން ތިބި ޓޫރިސްޓުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު ރޭ ވަނީ ބަންދުކޮށްފަ އެވެ.
ނަމަވެސް، އީރާނުން ހަމަލާދިން ފަހުން، އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއިމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އިއުލާނުކުރައްވައިފަ އެވެ.