މެދުއިރުމަތީގެ ހަމަނުޖެހުންތަކުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު މި އަންނަނީ ބަލަމުން: ޒަމީރު
މިހާރު
24 ޖޫން 2025 | އަންގާރަ | 9:42
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގުތަކާއި ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން އެމެރިކާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އެގައުމުން ވަނީ ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ. އެއާ އެކު ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް، ހާލަތު ބެލުމަށް ފަހު އަނެއްކާ ވެސް ވަނީ ގަތަރާއި ޔޫއޭއީން ވައިގެ ދަތުރުތައް އަލުން ފަށައިފަ އެވެ.