މިހާތަނަށް އެއް ފްލައިޓް ކެންސަލް، ދެ ފްލައިޓް ޑިލޭ ވާނެ: އެމްއޭސީއެލް

މިހާރު

24 ޖޫން 2025 | އަންގާރަ | 10:55

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދުގެ މިހާތަނަށް އެއް ފްލައިޓް ކެންސަލްވެ، ދެ ފްލައިޓެއް ޑިލޭވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ބުނީ، ކެންސަލްވީ ގަތަރު އެއާލައިންގެ އެއް ފްލައިޓު ކަމަށެވެ. އަދި ޑިލޭވެފައިވަނީ ގަލްފް އެއާ އާއި ގަތަރު އެއާލައިންގެ އިތުރު ފްލައިޓެކެވެ.

ގަތަރު އެއާލައިންގެ ފްލައިޓު ވީއައިއޭ އަށް ޖައްސަން ކުރިން ތާވަލު ކޮށްފައި އޮތީ މިއަދުގެ ހެނދުނު 8:50 ގަ އެވެ. އެކަމަކު، އެ ފްލައިޓް ޖައްސަން މިހާރު ތާވަލު ކޮށްފައި ވަނީ މިއަދުގެ މެންދުރު ފަހު 2:30 ހާއިރު އެވެ. ގަލްފް އެއާ ފްލައިޓް ހެނދުނު 6:30 އަށް ތާވަލުކުރި ކުރި ނަމަވެސް އެ ފްލައިޓް ދެން ޖައްސާނީ 11:20 ހާއިރު އެވެ. ގަތަރު އެއާލައިންގެ ކެންސަލްވީ، 8:25 ގައި ޖައްސަން ކަނޑައެޅި ފްލައިޓެވެ.

މައުޟޫޢުތަށް