ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުން އުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމު ދޭން ދިރާސާއެއް ހަދަނީ

މިހާރު

24 ޖޫން 2025 | އަންގާރަ | 11:31

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅޭ ދާއިރާތަކުގެ މިނިސްޓަރުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށް އާ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އޭގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭ ފައިސާއެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ފަހު އެއާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓަރުންނަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް