ކައުންސިލަރުންނަށް ހާއްސަ ޚަތީބު ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
މިހާރު
24 ޖޫން 2025 | އަންގާރަ | 11:08
ކައުންސިލަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ފުރަތަމަ ބުރުގައި ތަމްރީންކުރަން ނިންމާފައި ވަނީ 50 ކައުންސިލަރުންނެވެ. މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ގައި ހުޅުވާލީ މާދަމާގެ ނިޔަލަށެވެ.
އެކަމަކު ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ވަނީ ކޯހަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.