ތެލަސީމިއާ ގާނޫނަށް 13 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިސްލާހު ގެންނަނީ

މިހާރު

24 ޖޫން 2025 | އަންގާރަ | 1:48

ދެހާސް ބާރަ ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ރާއްޖޭގައި ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރީލް 25، 2012 ގަ އެވެ. އަދި މެއި 10، 2012 ގައި އެ އަށް އަމަލުކުރަން ފަށާފައިވާއިރު މިހާތަނަށް 13 އަހަރު ހޭދަވިއިރު އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ އިއްވި އެވެ.

މައުޟޫޢުތަށް