އައްޑޫ ކެތު ލެބުގެ ހިދުމަތް ހަތަރު މަސް ތެރޭގައި ފެށޭނެ: ނާޒިމް
މިހާރު
24 ޖޫން 2025 | އަންގާރަ | 1:38
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވާ ގާއިމްކޮށްފައިވާ ކެތު ލެބުގެ ހިދުމަތްތައް، ހަތަރު މަހެއްހާ ދުވަހުގެ ރެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، މިދިޔަ މަހުގެ 14 ގައި ފޮނުއްވި ސިޓީއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކެތު ލެބު ފެށުމަށް އިމާރާތަށް ގެންނަ ބަދަލުތަކާއި މެޝިނަރީޒް ގުޅުމާއި އެ ހިދުމަތް ފެށުމާ ގުޅުން ހުރި މަސައްކަތްތަކުގެ 98 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
އެއަށްފަހު، ކެތު ލެބު ހިންގައި އޮޕަރޭޓުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްފަހު ހަތަރު މަހެއްހާ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް، ލިޔުމުން ދެއްވި ޖަވާބުގައި ނާޒިމް ވިދާޅުވި އެވެ.