މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ

މިހާރު

24 ޖޫން 2025 | އަންގާރަ | 2:06

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހުކުމާ އެއްގޮތަށް ނުދެއްކެވި ކަމަށް ބުނެ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.

އެ މައްސަލާގެ ޝަރީއަތް މާދަމާ ހެނދުނު ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވާއިރު، އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މައުޟޫޢުތަށް