ދިރާގު ގޭމާސް ގިލްޑުގެ ޕްރިމިއަމް ޕާޓްނަރަކަށް މިނީސޯ

މިހާރު

24 ޖޫން 2025 | އަންގާރަ | 2:51

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯއިން ސޮއިކޮށްފި އެވެ.

އެ ޕާޓްނާޝިޕް އިއުލާނުކުރީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. އެ އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދާއި ސޮނީ ސްޕޯޓްސްގެ އެމްޑީ އަހްމަދު ކަލީމާއި ދިރާގު އަދި ސޮނީ ސްޕޯޓްސްގެ ސީނިއާ އޮފިޝަލުން އަދި ގިނަ އަދަދެއްގެ ގޭމަރުން ބައިވެރިވި އެވެ.

އެ ޕާޓްނާޝިޕާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެ ޕާޓްނާޝިޕަކީ ރާއްޖޭގައި އީސްޕޯޓްސް ފުޅާކޮށް ތަރައްގީކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.

މައުޟޫޢުތަށް