ކުރިން ބައްސާމް ފަޅީގައި އޮތް ގްރީންއިން ތޯރިގަށް ތާއީދު ކުރަން ނިންމައިފި

މިހާރު

25 ޖޫން 2025 | ބުދަ | 12:08

އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ފަޅީގައި ކުރިން އޮތް ގްރީން ސްޓްރީޓްސްއިން އިންތިހާބުގައި ވާދަކުރާ އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކޮށްފި އެވެ.

މިދިޔަ އަހަރު ކުރީކޮޅު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި ދެ އިންތިހާބުގައި ވެސް ގްރީން ސްޓްރީޓްސްއިން ތާއީދު ކުރީ ބައްސާމްގެ "ކޯލިޝަނަށެވެ."

މިދިޔަ އަހަރު ޖެނުއަރީ މަހު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ބައްސާމް ކުރިމަތިނުލައްވައި އޭނާގެ ޓީމުން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުނީ ކްލަބް އީގަލްސްގެ ނައިބު ރައީސް މުފާވިޒު ހާޝިމް (މުފާ) އެވެ.

މައުޟޫޢުތަށް