އިޒްރޭލަށް ޖާސޫސްކޮށްދިން ތިން މީހަކު އީރާންގައި ދަންޖައްސައި މަރާލައިފި
މިހާރު
25 ޖޫން 2025 | ބުދަ | 10:36
އިޒްރޭލަށް ޖާސޫސްކޮށްދިނުމުގެ ކުށުގައި ތިން މީހަކު މިއަދު ދަންޖައްސައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް އީރާންގެ ޖުޑީޝަރީން ބުނެފި އެވެ.
"އިދުރީސް އަލީ، އާޒާދު ޝުޖާއީ އަދި ރަސޫލް އަހްމަދު ރަސޫލްގެ މައްޗަށް ވަނީ މީހުން މެރުމަށް ބޭނުންވާ ސާމާނު ގައުމަށް އެތެރެކުރަން މަސައްކަތްކޮށް ޒަޔަނިސްޓު ދައުލަތަށް އެއްބާރުލުން ދީފައި ވާތީ ދައުވާކޮށް ޝަރީއަތް ހިންގާފައި،" ޖުޑީޝަރީން ބުންޏެވެ.
"މި މީހުންގެ ހުކުމް މިއަދު ވަނީ ތަންފީޒުކޮށްފައި ... އެ މީހުން ވަނީ ދަންޖައްސާފައި."