މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް އަބްދުލްމުހައިމިން ނަސީރު
މިހާރު
25 ޖޫން 2025 | ބުދަ | 11:28
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކަށް އަބްދުލްމުހައިމިން ނަސީރު ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާފައިވަނީ ހަތަރު ބޭފުޅެކެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވަނީ މުހައިމިން އަށެވެ. އޭނާ ކުރިން ހުންނެވީ އެ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް (ޑީޖީ)ގެ މަގާމުގަ އެވެ.
އެ މަގާމަށް މުހައިމިން އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.