ބިލިއަނަރު ބޭޒޯސްގެ އާ ކައިވެނި ބޮޑެއް ނޫން، ގިނަވެގެން 76 މިލިއަން ޑޮލަރު
މިހާރު
25 ޖޫން 2025 | ބުދަ | 1:34
އެމެރިކާގެ ބިލިއަނަރު ޖެފް ބޭޒޯސް ދެވަނަ ކައިވެންޏަކަށް ތައްޔާރުވަމުން އަންނައިރު، އޭނާގެ ކައިވެންޏަށް ހަރަދުކުރާނީ ގިނަވެގެން 76 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެމެޒަން ކުންފުނީގެ ވެރިޔާ، 61 އަހަރުގެ ބޭޒޯސް އާއި އެެމެރިކާގެ ކުރީގެ ނޫސްވެރިޔާ ލޯރެން ސަންޗޭޒް، 55، މި ހަފުތާގައި އިޓަލީގެ ވެނިސްގައި ކައިވެނިކުރަން އަންނަނީ ތައްޔާރުވަމުންނެވެ. ލޯރެންއަކީ މިހާރު ކުޑަކުދިންގެ ވާހަކަ ލިޔުންތެރިއެކެވެ.
މިއީ ބޭޒޯސް އާއި ލޯރެންގެ ވެސް ދެވަނަ ކައިވެންޏެވެ.