އެންމެ ވޯޓެއް ވެސް ނުލިބުނު ކެންޑިޑޭޓުގެ ޝަކުވާއަކާ ހެދި އެމްއެމްސީ މެންބަރުންނަށް މަގާމު ހަވާލުނުކޮށް ލަސްކުރަނީ

މިހާރު

25 ޖޫން 2025 | ބުދަ | 1:23

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ފަހު، އެ މެމްބަރުންނާ މަގާމު ހަވާލުނުކޮށް ލަސްކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރީ އަދަދު ނޫހުގެ ލީވާން އަލީ ނަސީރާއި ދައުރު ނޫހުގެ މުޒައްޔިން ނާޒިމް އަދި އާންމުންގެ ތެރެއިން ހައްވާ ވަޖުދާ އެވެ.

މީޑިއާ ކައުންސިލުގެ ރައީސް ހުސެއިން ސަގީފް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އާންމުކޮށް ހޮނިހިރު ދުވަހު އިންތިހާބު ބާއްވައިފި ނަމަ، އާދިއްތަ ދުވަހު، މަގާމަށް އެ މެމްބަރުން އައްޔަންކުރަން އަންގައި ސިޓީއެއް ފޮނުވަ އެވެ.

މައުޟޫޢުތަށް