އެފްއޭއެމްގެ ނުފޫޒުގަދަ ފަސް ކްލަބްގެ ކޯލިޝަން ރޫޅުނީ ކީއްވެ؟
މިހާރު
25 ޖޫން 2025 | ބުދަ | 2:42
ބަދަހިކޮށް އޮތް "ނުފޫޒު ގަދަ ފަހެއް" ނިސްބަތް ވަނީ އެއް ވަނަ ޑިވިޝަނަށެވެ. އެ ފަސް ކްލަބަކީ؛ އީގަލްސް، ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓަރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް އެވެ.
މި ފަސް ކްލަބްގެ ކޯލިޝަނަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދު ކުރުމުގައި މި ހަފުތާއާ ހަމަށް ދެމިއޮތް ފަސް ކަލްބެވެ.
ފުޓްބޯޅައިގެ ކުރީގެ އެޑްމިނިސްޓްރޭޓަރެއްގެ ބަހުންނަމަ، މި ފަސް ކްލަބްގައި ވެސް "ހަގީގަތުގައި ލީޑަރަކީ ބައްސާމް" އެވެ.