ބީއެމްއެލް ކާޑު މެޝިނުގެ މުއާމަލާތްތަކުގެ ވަކި އަދަދެއް ތިމާވެށި ހިމާޔަތްކުރަން ހޭދަކުރަނީ
މިހާރު
25 ޖޫން 2025 | ބުދަ | 6:46
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން ބެންކަށް ލިބޭ ފައިދާގެ ވަކި އަދަދެއް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ހޭދަކުރުމަށް ހާއްސަކޮށް "އީއެންވީ ޕޮސް" އިނިޝިއޭޓިވް ލޯންޗުކޮށްފި އެވެ.
މި ޕްރޮގްރާމްގައި ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން ބެންކަށް ލިބޭ ފައިދާގެ ވަކި އަދަދެއް ތިމާވެށި ރައްކާތެރިކުރުމަށް ހޭދަކުރާނެ އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި "އިނިޝިއޭޓިވް" އިފުތިތާހު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.