އދ.ގެ އެޓޮމިކް އެނާޖީ އެޖެންސީއަށް އެއްބާރުލުން ނުދޭން އީރާންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި
މިހާރު
25 ޖޫން 2025 | ބުދަ | 8:29
އދ.ގެ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދީ، 12 ދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކުގެ ރައްދުގައި އީރާންގެ މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް އެގޮތަށް އަމަލުކުރަން ފެށޭނީ މަޖިލީހުގެ ނިންމުންތަކަށް ފަހު ބަސް ބުނާ ޝޫރާ މަޖިލީހުން ތަސްދީގުކުރުމުންނެވެ.
"އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާ ކުޑަކޮށް ވެސް ކުށްވެރިކުރަން ދެކޮޅު ހެދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ވަނީ އެ އިދާރާގެ އިތުބާރު ނީލަމަށް ލާފައި،" އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގޭރު ޣާލިބާފްއާ ހަވާލާދީ ދައުލަތުގެ ޓީވީން ބުންޏެވެ.