އިންޓަ އާއި ޑޯޓްމަންޑް ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް

މިހާރު

26 ޖޫން 2025 | ބުރާސްފަތި | 10:47

އާޖެންޓީނާގެ ރިވާ ޕްލޭޓް 2-0 އިން ބަލިކޮށް އިޓަލީގެ އިންޓަ މިލާނުން، އަދި ޖަޕާނުގެ އުލްސަން އެޗްޑީ 1-0 އިން ބަލިކޮށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އެމެރިކާގައި ކުރިއަށްދާ މުބާރާތުގެ ދެ ވަނަ ބުރުގައި އިންޓަ ބައްދަލުކުރަން ޖެހޭނީ ބްރެޒިލްގެ ފްލުމެނިނެސްއާ އެވެ. ޑޯޓްމަންޑް ވާދަކުރާނީ މެކްސިކޯގެ މޮންޓެރޭއާ އެވެ.

އިންޓަ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުގެ ދެ ވަނަ އަށް ދިޔަ، މޮންޓެރޭ އަށް ލިބުނީ ފަސް ޕޮއިންޓެވެ. ރިވާ ޕްލޭޓް ހަތަރު ޕޮއިންޓާ އެކު ކެޓިއިރު، ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

މައުޟޫޢުތަށް