ބޮޑެތި ބަލިތަކުގެ ފަގީރުންނަށް ޒަކާތު ފަންޑުން އިންޝުއަރެންސް ހަމަޖައްސައިދެނީ

މިހާރު

26 ޖޫން 2025 | ބުރާސްފަތި | 12:33

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ގޮތުގައި އިންޝުއަރެންސް ތައާރަފްކުރަން ނިންމާފައި ވަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާ އަށެވެ. އަދި ބޭރުން ގެންނަން ޖެހޭ ބޭސް ގެނައުން ވެސް އޭގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ފަގީރުން އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރަން ނިންމާފައި ވަނީ އެލައިޑާ ގުޅިގެން ކަމަށެވެ.

މައުޟޫޢުތަށް