ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުމާލޭގައި އެމްޕަވަމަންޓް ހަބެއް ހަދަނީ
މިހާރު
26 ޖޫން 2025 | ބުރާސްފަތި | 1:41
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް އެމްޕަވަމަންޓް ހަބެއް ހެދުމަށް މޯލްޑިވްސް ޒަކާތު ހައުސް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ދެމެދުގައި އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޒަކާތު ހައުސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ޝައިޚް އިއްޒައްދީން އަދުނާން އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.