އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 26 ގައި ބާއްވަން ހުށަހަޅަނީ

މިހާރު

26 ޖޫން 2025 | ބުރާސްފަތި | 3:27

މާދަމާ ހަވީރު އެފްއޭއެމްގެ އެކްސްޓްރާ ކޮންގްރެސް އަށް ހުށަހަޅާ އަސާސީ ގަވާއިދުން، އާ އިންތިހާބު އަންނަ މަހު 26 ގައި ކުރިއަށްގެންދަން ޑްރާފްޓްގައި ހިމަނައިފި އެވެ.

އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ މާދަމާ ރޭ ބާއްވާ ކޮންގްރެސް އަށް ފަހު އިންތިހާބުގެ މަސައްކަތް ފެށާނެ ކަމަށެވެ. ކޮންގްރެސްގައި އޮތް އެންމެ މުހިންމު އެޖެންޑާއަކީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ވޯޓަށް އެހުމެވެ.

ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް އަސާސީ ގަވާއިދު އެގޮތަށް ފާސްވެއްޖެނަމަ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް