ދުނިޔޭގެ ސްނޯކްލިން ރެކޯޑު ހަދާ "ބާނި" ހަރަކާތުގެ މީޑިއާ ޕާޓްނަރަކަށް "މިހާރު"
މިހާރު
26 ޖޫން 2025 | ބުރާސްފަތި | 2:32
ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ "ބާނި" އިވެންޓުގެ މީޑިއާ ޕާޓްރަނެއްގެ ގޮތުގައި "މިހާރު" އިން އިއްޔެ ސޮއިކޮށްފި އެވެ.
"މިހާރު" އޮފީހުގައި ބޭއްވި ހަފުލާއެއްގައި އެ އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ހައްވާ ނައުފާ އެވެ. "މިހާރު" ގެ ފަރާތުން ސޮއިކުރެއްވީ އެޑިޓަރު އަހުމަދު ހަމްދޫން އެވެ.
އެ ހަރަކާތް ބައްވަނީ ބާނި އާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެންނެވެ.