އައިކެއާގެ "ސަނީ ސަޓަޑޭ" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު ވެސް އޮންނާނެ
މިހާރު
26 ޖޫން 2025 | ބުރާސްފަތި | 3:10
އައިކެއާގެ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި "ސަނީ ސަޓަޑޭ" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށް، އަންނަ ހޮނިހިރު ދުވަހު ވެސް އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އައިކެއާއިން ބުނެފި އެވެ.
އައިކެއާއިން ބުނީ "ސަނީ ސަޓަޑޭ" ޕްރޮމޯޝަން އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފެށީ މިއަހަރުގެ ރޯދަ މަހު ވެސް ކޮންމެ ހޮނިހިރު ދުވަހެއްގައި ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ކަމަށެވެ. އަދި އަންނަ ހޮނިހިރުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ އީދު ބަންދުގައި ހޮނިހިރު ދުވަހު އައިކެއާގެ ފިހާރަތައް ބަންދުކޮށްފައި ހުރުމުން އިތުރު ދުވަހެއްގައި އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާގެ "ސަނީ ސަޓަޑޭ" ޕްރޮމޯޝަނަކީ ހޮނިހިރު ދުވަހު އައިކެއާގެ ފިހާރަތަކުން އެކި ބްރޭންޑުތަކުގެ އަވިއައިނު 990ރ. އަށް ވިއްކާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގެ އެ އަގުގައި ވިއްކާނީ އައިކެއާއިން ކަނޑައަޅާ ވަކި އައިނުތަކެކެވެ. އޭގެ ތެރޭގައި ކަސްޓަމަރުންގެ މެދުގައި މަގުބޫލު "ނޮކްއަރައުންޑް" އާއި "ރިޒާވް" އަދި "ސޮލާނޯ" ފަދަ ބްރޭންޑުތައް ހިމެނެ އެވެ. އެ އައިނުތަކަކީ 100 ޕަސެންޓު ޔޫވީ ޕްރޮޓެކްޓަޑް އައިނުތަކެވެ. އަދި އައިކެއާއިން ވިއްކާ ގިނަ އައިނުތަކަކީ ޕޮލޮރައިޒްޑް އަވިއައިނުތަކެވެ.