ޑްރަގް ފަރުވާ ފުރިހަމަކުރި 18 ޕަސެންޓް މީހުންގެ މައްސަލަ އަލުން ކޯޓަށް

މިހާރު

26 ޖޫން 2025 | ބުރާސްފަތި | 7:20

ޑްރަގަށް ފަރުވާ ހޯދި މީހުންގެ ތެރެއިން 18 ޕަސެންޓް މީހުން އަލުން ޑްރަގް ބޭނުންކުރާ މައްސަލަތައް ހުށަހެޅޭ ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޑްރަގު ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން 2011 ވަނަ އަހަރު ތަސްދީގުކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުނު ފަހުން މިހާތަނަށް 11،700 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވެ އެވެ.

ކޯޓުން ބުނިގޮތުގައި އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 94 ޕަސެންޓް މައްސަލަތަކުގައި ހިމެނެނީ ފިރިހެނުންނެވެ. އަދި ތިން ޕަސެންޓް މައްސަލަތަކުގައި އަންހެނުން އަދި ދެ ޕަސެންޓް މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.

މައުޟޫޢުތަށް