މީގެ ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަނީ
މިހާރު
26 ޖޫން 2025 | ބުރާސްފަތި | 9:33
ކަނޑުމަތީގެ އެކްސިޑެންޓެއްގައި 2020 ވަނަ އަހަރު ގެއްލުނު ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭނާގެ އުފަން ރަށް، ބ. އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
އެ ރަށު މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، ގެއްލުނީ ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގަ އެވެ.
ޑިންގީގެ ފަހަތަށް ލޯންޗު އަރައި އެކްސިޑެންޓު ހިނގިއިރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގަ އެވެ. ވިއްސައިގެން ގޮސް އޭނާ މޫދަށް ވެއްޓުނު ފަހުން ނުފެންނަ ކަމަށް އޭނާއާ އެކު ޑިންގީގައި ތިބި މީހުން އޭރު "މިހާރު" އަށް ބުނެފައިވެ އެވެ.