އެފްއޭއެމް ކޮންގްރެސް: މި ފަހަރު ވެސް އޮތީ އަތޮޅުތެރެ ބާކީ ކޮށްލުމުގެ ސަގާފަތް ދިރުވުން!

މިހާރު

27 ޖޫން 2025 | ހުކުރު | 11:23

އެފްއޭއެމްގެ މެންބަރުންނަކީ މާލޭ ޒޯނުގައި ކުޅޭ އެއްވަނަ ޑިވިޝަންގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބް ކަމަށް ގަވާއިދުގެ ޑްރާފްޓްގައި އޮތީ ލިޔެފައި.

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އާއި ހުނަރު ވެސް އޮތީ އަތޮޅުތެރޭގަ އެވެ. އެ ހަގީގަތް ރަށްރަށަށް ހާއްސަކޮށް ބާއްވާ މުބާރާތްތަކުންނާއި ގައުމީ ސްކޮޑުން ވެސް ފެނެ އެވެ. އެ ހަގީގަތް "ނޭނގެނީ" ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އާއި އެ އިދާރާގެ ލީޑަޝިޕަށެވެ.

މިހާރު ވެސް ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެ އެސޯސިއޭޝަނަށް އިސްލާހާއި ބަދަލުތައް ގެންނަން ތިން ފަހަރު މަތިން އެ ހާލަތު ކުރިމަތި ކުރި އިރު ވެސް ހަގީގީ ބަދަލުތަކެއް ނާންނަ ކަމަށް ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުކިޔާ ބޭފުޅުން ވިދާޅުވެ އެވެ. ތިން ވަނަ ފަހަރަށް ގެނައި ނޯމަލައިޒޭޝަން މަރުހަލާގައި ވެސް އަތޮޅުތެރޭގެ ޓީމުތަކަށް އެފްއޭއެމްގެ ހައިސިއްޔަތެއް ނުލިބުނެވެ. ރާއްޖޭގެ އެންމެ ޒޯނަކަށް ފުޓްބޯޅަ ބަރޯސާކޮށް، ބަސްބުނުމާއި ވޯޓު ދިނުމުގެ ހައްގު ދީގެން މިހެން ތިބެންވެއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅަ ކުރި ނާރާނެ ކަމަށް ތަޖުރިބާކާރުން އަބަދުވެސް ގަބޫލު ކުރެ އެވެ. ކުރީގައި އޮތް ފޯރިއެއް ވެސް ދެން ނުގެނެވޭނެ އެވެ.

މައުޟޫޢުތަށް