ކުރިއަށް އޮތް އެއް ގަޑިއިރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލް އާންމު ހާލަތަށް ގެނެވޭނެ: ހަލީމް
މިހާރު
27 ޖޫން 2025 | ހުކުރު | 10:31
ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ހިދުމަތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ދެންމެ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭގޮތުން ހަލީމް "މިހާރު" އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލް އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.