ރެކޯޑް މުސާރައަކަށް ރޮނާލްޑޯ އައް ނަސްރުގައި މަޑުކޮށްފި
މިހާރު
27 ޖޫން 2025 | ހުކުރު | 11:59
ރިޔާދު (ޖޫން 27) - ރެކޯޑު އަދަދެއްގެ މުސާރައަކަށް އިތުރު ދެ އަހަރު ސައުދީ ޕްރޯ ލީގުގެ އައް ނަސްރުގައި މަޑުކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި އެވެ.
އާ ޑީލަކާ އެކު، އުމުރުން 40 އަހަރުގެ ފޯވާޑް އައް ނަސްރުގައި 2027 ގެ ނިޔަލަށް ހުންނާނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޭރުގެ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހިގެން ކްލަބް ދޫކޮށްލައި ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އައް ނަސްރާ ގުޅިފަ އެވެ. އޭރު އޭނާ ގުޅުނީ އަހަރަކު 200 މިލިއަން ޔޫރޯގެ އަގަކަށެވެ.