ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް ކޮންފަރެންސަށް ނައިބު ރައީސް ސްޕެއިނަށް

މިހާރު

27 ޖޫން 2025 | ހުކުރު | 1:45

ސްޕެއިންގެ ސެވިލްގައި ބާއްވާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މިއަދު ހެނދުނު ސްޕެއިނަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އެ ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ތާވަލު ކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް