ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް އޯޕީޑީގެ ހިދުމަތް އަލުން ފަށައިފި

މިހާރު

27 ޖޫން 2025 | ހުކުރު | 1:51

ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ދެންމެ ބުނީ ކަރަންޓަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށާއި މެދުކަނޑާލަން ޖެހުނު ހިދުމަތްތައް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސްޓެލްކޯ އާއި އެމްއެންޑީއެފްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް، އެ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މައުޟޫޢުތަށް