ކިޔަވާ ކުދިންގެ ލޯނަށް ދައުލަތުން 189 މިލިއަން ހޭދަކޮށްފި

މިހާރު

27 ޖޫން 2025 | ހުކުރު | 3:16

ސަރުކާރުން ކިޔަވާ ކުދިންނަށް ހާއްސަކޮށް ދޫކުރާ ލޯނުތަކަށް މި އަހަރުގެ މިހާތަނަށް 189 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ކިޔަވާ ކުދިންގެ ލޯނަށް ދައުލަތުގެ ބަޖެޓުން 768 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ އަދަދު 10،000 އަރަ އެވެ. އޭގެ ތެރެއިން ގަވައިދުން ލޯނު ދައްކަނީ އެންމެ 10 ޕަސެންޓް ދަރިވަރުންނެވެ. އަދި ގަވައިދުން ނޫން ނަމަވެސް، 40 ޕަސެންޓު ދަރިވަރުން ލޯނު އަދާކުރާ އިރު ބާކީ 60 ޕަސެންޓު ކުދިން އެ ލޯނަށް ފައިސާ ނުދައްކަ އެވެ.

މައުޟޫޢުތަށް