ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ: މެޓް

މިހާރު

27 ޖޫން 2025 | ހުކުރު | 3:47

މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު "މިއަދު މޫސުން" ނޯޓުގައި ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދޭ ކަމަށެވެ.

އިއްޔެ އާއި މިއަދު ވަނީ މާލޭގެ އިރުމަތީ ފަރާތު، ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އަދި އިއްޔެ މާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.

މައުޟޫޢުތަށް