ކޮންގްރެސްގެ އިއްތިފާގުން އެފްއޭއެމްގެ އަސާސީ ގަވާއިދު ފާސްކޮށްފި

މިހާރު

27 ޖޫން 2025 | ހުކުރު | 6:28

އެފްއޭއެމްގެ ކޮންގްރެސް އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އެ އެސޯސިއޭޝަންގެ އާ އަސާސީ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.

މީރުމާ ހޮޓެލްގައި ކުރިއަށް ގެންދާ ކޮންގްރެސްގައި ހުރިހާ ކްލަބަކުން އަސާސީ ގަވާއިދަށް ރުހުން ދިނެވެ.

ކޮންގްރެސްގައި ވޯޓް ދެވޭ 23 ކްލަބްގެ ތެރެއިން 21 ކްލަބް ކޮންގްރެސް އަށް ހާޒިރުވި އެވެ. ކޮންގްރެސްގައި ބައިވެރި ނުވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން ދެ މަންދޫބުން ހިމެނޭ ގޮތަށް 23 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރި އެވެ.

މައުޟޫޢުތަށް