ހަ އަހަރަށް ފަހު ނިއު ރޭޑިއަންޓާއި އާއި ވިކްޓަރީ އަށް އަލުން އެފްއޭއެމްގެ މެންބަރުކަން
މިހާރު
27 ޖޫން 2025 | ހުކުރު | 7:45
މިއަދު ފާސް ކުރި އެފްއޭއެމްގެ އާ އަސާސީ ގަވާއިދާ އެކު ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އަލުން އެ އެސޯސިއޭޝަނުގެ މެންބަރުންކަން ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ ދެ ކްލަބަށް އެފްއޭއެމްގެ މެންބަރުކަން އަލުން ލިބުމުގެ ފުރުސަތު ފަހިވީ އާ އަސާސީ ގަވާއިދުގައި އެ ދެ ކްލަބް ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު އިތުރު ކުރުމުންނެވެ.
ވިކްޓަރީ ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު މިހާރުގެ އަސާސީ ގަވާއިދުން 10 އަށް ބަދަލު ކުރުމުން އެ ޑިވިޝަނަށް އެންމެ ފަހުން ކޮލިފައިވި ވިކްޓަރީ އާއި އޮޑި ސްޕޯޓްސް އަށް ވެސް މެންބަރުކަން ލިބޭނީ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ އަށެކެވެ.