މިފަހަރު އެފްއޭއެމްގެ ކޮންގްރެސް "ބޮއިކޮޓް" ކުރީ އީގަލްސް އާއި ޔޫވީން އެކަނި
މިހާރު
27 ޖޫން 2025 | ހުކުރު | 8:31
މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ން ބޮއިކޮޓް ކޮށްފި އެވެ.
އެ ދެ ކްލަބުން ވަނީ މާޗް މަހު ބޭއްވި ކޮންގްރެސް ވެސް ބޮއިކޮޓް ކޮށްފަ އެވެ. އޭރު ބޭއްވި ކޮންގްރެސް ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި އެވެ. އޭގެ ތެރޭގައި އީގަލްސް އާއި ޔޫވީގެ އިތުރުން ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ވެސް އޭރު ހިމެނުނެވެ.
އެކަމަކު އެ ފަސް ކްލަބްގެ ތެރެއިން އީގަލްސް އާއި ޔޫވީ ފިޔަވައި އަނެއް ތިން ކްލަބްގެ މަންދޫބުން މިއަދުގެ ކޮންގްރެސް އަށް ހާޒިރުވި އެވެ.