ސްރީލަންކަން އެއާލައިންސްގެ ކުރީގެ ޗެއާމަން ހައްޔަރުކޮށްފި

މިހާރު

27 ޖޫން 2025 | ހުކުރު | 9:37

ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ކުރީގެ ޗެއާމަން ނިޝާންތަ ވިކްރެމަސިންހަ ކޮރަޕްޝަންގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފި އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޅިޔަނެއް ކަމަށްވާ ވިކްރެމަސިންހަގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރާޖަޕަކްސަ 2015 ވަނަ އަހަރު އަލުން ވެރިކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް އިންތިހާބުގެ ކެމްޕެއިނަށް އެއާލައިންގެ ފައިސާ ހަރަދުކުރި މައްސަލަ ހިމެނެ އެވެ.

ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަން އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިން ވިކްރެމަސިންހަ ހައްޔަރުކުރީ ކޮލަމްބޯގައި ހުންނަ އޭނާގެ ގެއިން ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް