އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
މިހާރު
27 ޖޫން 2025 | ހުކުރު | 9:47
އަންނަ މަހުގެ 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހަބުގައި ކުރިމަތިލާން މާދަމާ ފުރުސަތު ހުޅުވާލަން ކޮންގްރެސްގައި ނިންމައިފި އެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ކޮންގްރެސްގައި ވަނީ އަސާސީ ގަވާއިދު ފާސްކޮށް އެ ގަވާއިދުގެ ދަށުން އިންތިހާބު ބާއްވަން އިއުލާން ކޮށްފަ އެވެ.
އަސާސީ ގަވާއިދުގެ އެންމެ ފަހު ސޮފްހާގައި ބުނެފައިވާ ގޮތުން މާދަމާ އިންތިހާބަށް އިއުލާން ކުރާނެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހައެއްގައި ހަމަވާނެ އެވެ.