ޗައިނާއިން މަދިރިއަކާ އެއްވަރުގެ މިލިޓަރީ ޑްރޯނެއް ހަދައިފި

މިހާރު

27 ޖޫން 2025 | ހުކުރު | 9:51

ޗައިނާގެ މިލިޓަރީ ޔުނިވަސިޓީއަކުން، ސަވައިލެންސަށް ބޭނުންކުރުމަށް ހާއްސަކޮށް، މަދިރިއަކާ އެއްވަރުގެ ޑްރޯންއެއް އީޖާދުކޮށްފި އެވެ.

"މި ބާވަތުގެ މައިކްރޯ ރޮބޮޓަކީ ހާއްސަކޮށް ހަނގުރާމައިގެ މައިދާނުގައި އިންފޮމޭޝަން ރިކޮނިސެންސް ފަދަ ހާއްސަ މިޝަންތަކަށް އެންމެ އެކަށޭނެ އެއްޗެހި،" ޗައިނާ ސެންޓްރަލް ޓެލެވިޒަންގެ ރިޕޯޓެއްގައި ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގެ ދަރިވަރެއް ކަމަށްވާ ލިއަންގް ހެކްސިއާންގް ޖޫން 14 ގައި ބުނެފައިވެ އެވެ.

ޗައިނާގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގައި އުފެއްދި މި އާ ޑިވައިސްގެ ދިގުމިނުގައި ހުންނަނީ އެންމެ ދެ ސެންޓިމީޓަރެވެ. ފުޅާމިނުގައި ތިން ސެންޓިމީޓަރު ހުންނައިރު ބަރުދަން 0.2 ގްރާމަށް ވުރެ ލުޔެވެ.

މައުޟޫޢުތަށް