ޓީއެމްއޭގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާއިން ދޭން ނިންމައިފި
މިހާރު
28 ޖޫން 2025 | ހޮނިހިރު | 12:03
އެމްއޭސީއެލްއަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ރުފިޔާއިން ދައްކަން ވެސް ޓީއެމްއޭއިން ހުށަހެޅި. އެކަމަށް އެމްއޭސީއެލްއިން އެއްބަސް ނުވުމުން، މާރުކުރާ ފައިސާ ބޭނުންކުރަން ނިންމީ މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގައި.
ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާ އިން ދޭން ނިންމައި އެކަން ރަސްމީކޮށް އަންގައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން އެކަމާ ގުޅޭ ރަސްމީ އީމެއިލް ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ.