ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ގަމުގައި އަޅަން މި އަހަރު ފަށަނީ

މިހާރު

28 ޖޫން 2025 | ހޮނިހިރު | 11:18

ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ލ. ގަމުގައި އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ވަރަށް ބޮޑު ކަމަށާއި އެހެންވެ، މާލެ އާއި ރަށްރަށުގައި އެ ފަރުވާ ރަނގަޅު ކުރަން އިސްކަމެއް ދެމުން އަންނަ ކަމަށެވެ.

މިދިޔަ ހަފުތާގެ ގޯމަ ދުވަހު ދެއްވި އިންޓަވިއުގައި ނާޒިމް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތް ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

މައުޟޫޢުތަށް