ފައިނު އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން ވެންޓިލޭޓަރުގައި
މިހާރު
28 ޖޫން 2025 | ހޮނިހިރު | 2:06
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސްކޫލު ޕްރިންސިޕަލާއި ޓީޗަރަކާއި ދެ ކުއްޖަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން، ސީރިއަސް ޒަހަމްތައް ވި ތިން މީހަކު އިއްޔެ ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތިން މީހަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެނެކެވެ.