އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި، މުއްދަތު ހަމަ ވާނީ އަންނަ އާދިއްތަ ދުވަހަށް

މިހާރު

28 ޖޫން 2025 | ހޮނިހިރު | 8:05

އަންނަ މަހު 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 6 ވާ އަންނަ އާދިއްތަ ދުވަހެވެ.

އިންތިހާބަށް ކުރިމަތލާން ފޯމު ހުށަހަޅާނީ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓްގެ ފަރާތުންނެވެ. އަދި އޭނާގެ އެކްސްކޯގެ މެންބަރުންގެ ގޮތުގައި ދެ ނައިބުރައީސުންނާއި އެކްސްކޯގެ އާންމު ހަތް މެންބަރުންގެ ލިސްޓް ހުށަހަޅަން ޖެހޭނެ އެވެ. މިހާރުގެ ގަވާއިދުން އެކްސްކޯގައި މަދުވެގެން ދެ އަންހެން މެންބަރުން ތިއްބަވަން ޖެހޭނެ އެވެ.

މައުޟޫޢުތަށް