އާ ގަވާއިދުގެ ދަށުން ބައްސާމަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ

މިހާރު

28 ޖޫން 2025 | ހޮނިހިރު | 10:28

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެ އެވެ.

މިއަދު އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފަ އެވެ. އިންތިހާބަށް ހުޅުވާލިކަން އިއުލާންކޮށް ގެޒެޓްގައި އެފްއޭއެމުން ކުރި އިއުލާނުގައި ވަނީ އެ އެސޯސިއޭޝަނުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަކެއް ހިމަނައިފަ އެވެ.

އެ ޝަރުތުތަކަކީ އަސާސީ ގަވާއިދުން ވެސް ބާރު ލިބޭ ކަންކަމެވެ. އިންތިހާބަށް ކުރިމތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ހަވަނަ މާއްދާއިން ބައްސާމަށް ކުރިމަތިލުމުގެ ދޮރު ބަންދުވާނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

މައުޟޫޢުތަށް