ޔުރޭނިއަމް ފައްކާކުރުން އަލުން ފަށަން އީރާނަށް ބޭނުންވާނީ ދުވަސްކޮޅެއް: އައިއޭއީގެ ވެރިޔާ

މިހާރު

29 ޖޫން 2025 | އާދިއްތަ | 6:37

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މަދު މަސްދުވަސްތަކެއްގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އދ.ގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13 ވަނަ ދުވަހު ހަމަލާދޭން ފަށައި 12 ދުވަސް ވަންދެން ވަރުގަދަ ހަމަލާތައް ދީފައިވެ އެވެ. މިއީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވަން ދިން ހަމަލާތަކެއް ކަމަށް ބުނާއިރު އީރާނުން އަބަދުވެސް ބުނަމުން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އެ ގައުމުގެ މަގްސަދެއް ނޫން ކަމަށެވެ.

އީރާނުގެ ފޮރިން މިިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ނިއުކްލިއާ ސައިޓްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތައް އަދި ސާފުނުވާ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް "އެތައް ޒަމާންތަކަކަށް" ލަސްކޮށްލެވިއްޖެކަން ކަށަވަރު ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް