ގޯތި ނުދީ އުތުރުތިލަފަޅުގައި އެހެން ކަންކަން ކުރަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށްފި
މިހާރު
29 ޖޫން 2025 | އާދިއްތަ | 2:16
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތި ދިނުމަށް އުތުރު ތިލަފަޅު ހިއްކި ނަމަވެސް މި ސަރުކާރުން އެ ތަނުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބުނެފި އެވެ.
މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހުނުތާ 20 އަހަރު ފުރިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަޝްރޫއުއަށް ކުރިމަތިލާން މިދިޔަ ސަރުކާރުން ހުޅުވައިލުމުން 19،000 އަށް ވުރެ ގިނަ މީހުން އެ އަށް ކުރިމަތިލި އެވެ.
އޭގެ ތެރެއިން އުތުރު ތިލަފަޅުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް 251 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ. އެ ތަނުން 5،000 ގޯތި ދޭން އޭރު އޮތީ ނިންމައިފަ އެވެ.