ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް؛ އެކި ދާއިރާތަކުން އެއްބާރުންދޭ މަޝްވަރާ ކުރެއްވި!
މިހާރު
29 ޖޫން 2025 | އާދިއްތަ | 5:05
ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދުގެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ތުރުކީ-ރާއްޖެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ވެސް ވަޑައިގަތެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެ-ތުރުކީގެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް ރައީސް މަރުހަބާ ދަންނަވައި، ދިވެހި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އެ ބޭފުޅުންނަށް ދައުވަތު ދެއްވި ކަމަށެވެ.