ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި
މިހާރު
29 ޖޫން 2025 | އާދިއްތަ | 9:22
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ވަޑައިގަންނަވައިފި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މިރޭ އެ ގައުމަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ސީނިއާ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ޓަން ކިއަ ހޫގެ ދެކަނބަލުންނާއި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ލުވެއިޒުގެ ދެކަނބަލުންނެވެ.
ރައީސްގެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.