ސިންގަޕޫރުން ރަސްމީކޮށް ރައީސަށް މަރުހަބާ ދަންނަވައިފި
މިހާރު
30 ޖޫން 2025 | ހޯމަ | 12:52
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒަށް ރައީސް ތަރުމަން މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނަށް ގާޑް އޮފް އޮނާއެއް އެރުވި އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ތަރްމަންގެ ދެކަނބަލުން ރައީސް މުއިއްޒުގެ ދެކަނބަލުންނާ ބައްދަލު ކުރެއްވި އެވެ. އެ ރަސްމިއްޔާތަށް ފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް ވެސް ވަނީ ރައީސް މުއިއްޒާ ބައްދަލު ކުރައްވައިފަ އެވެ.