ބޭރުގެ ބައެއް ސައިޓުތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާހަމައަށް ފީއެއް ނަގަނީ
މިހާރު
30 ޖޫން 2025 | ހޯމަ | 10:20
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރާ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެ އެވެ.
މި ސައިޓުތަކުން ވިޔަފާރި ކުރާއިރު މިހާތަނަށް ބީއެމްއެލް އަށް ފީއެއް ނުނަގަ އެވެ.