ބީއެމްއެލް އިން ވިޔަފާރިތަކުގެ ޓީޓީ މުއާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ޑޮލަރު ދެނީ

މިހާރު

30 ޖޫން 2025 | ހޯމަ | 12:26

ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ހިންގާ އިންޓަނޭޝަނަލް ޓްރާންސްފާ ނުވަތަ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް 30 ފަސެންޓު ޑޮލަރު ސަޕޯޓު ދޭން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ، އެ ބަދަލާ އެކު ވިޔަފާރިތަކުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ހޯދަންޖެހުމުގެ މައްސަލައަށް ލުއިތަކެއް ލިބޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ބީއެމްއެލް އިން ބޮޑެތި ވިޔަފާރިތަކުގެ ޓީޓީގެ މުއާމަލާތްތަކަށް ވަކި އަދަދުތަކެއް ޑޮލަރުން ދޭން ކަނޑައަޅާފައިވެ އެވެ. އަލަށް ގެނައި ބަދަލާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ޓީޓީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންވާ ޑޮލަރުގެ 30 ޕަސެންޓު ބޭންކުން ފޯރުކޮށްދޭނެ އެވެ.

މައުޟޫޢުތަށް